މާމިގިލި - ޚާއްޞަ ފިޔަވަޅުތައް އެޅުން ލަސްވާތީ ރައްޔިތުން ކަންބޮޑުވުމުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
މާމިގިލި - ޚާއްޞަ ފިޔަވަޅުތައް އެޅުން ލަސްވާތީ ރައްޔިތުން ކަންބޮޑުވުމުގަ!

އދ މާމިގިލިގަ ކޮވިޑް ފެތުރުން އިތުރުވެފައިވާއިރު އެޅެން ހުރި ޚާއްޞަ ފިޔަވަޅުތައް އެޅުން ލަސްވާތީ ރައްޔިތުން ވަނީ ވަރަށް ބޮޑު ކަންބޮޑުވުމެއްގައިކަމަށް މައުލޫމާތު ލިބިއްޖެއެވެ. 

އިއްޔެ އަށް ބެލިނަމަވެސް 40 މީހުން އަލަށް ޕޮޒިޓިވްވިއެވެ. 168 މީހަކަށް ދަނީ ފަރުވާދެމުންނެވެ. އެކަކު ވަނީ ނިޔާވެފައެވެ. 2 މީހަކު އިތުރު ފަރުވާއަށް މާލެ ފޮނުވާފައިވެއެވެ. 348 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. 

މިއަދުނޫހަށް މައުލޫމާތު ދިން މީހުން ބުނިގޮތުގައި ކާފިޔު މިހާރުވެސް ހިންގަނީ ރޭގަނޑު 9 އިން ފަށައިގެންނެވެ. އެހެންކަމުން ކާފިޔުގެ ވަގުތުވެސް އިތުރުކޮށް ދެންވެސް އެޅެންހުރި ފިޔަވަޅުތައް އަވަހަށް އަޅައިދިނުމަށް ރައްޔިތުން ދަނީ އެދެމުންނެވެ.

މިއަދު އޮންލައިން