ޚިދުމަތަށް މީހުން ބޭނުންވެފައިވާ މިވަގުތު ދައުލަތުގެ މުވައްޒިފުންގެ ބޭނުން ހިފުން ވަރަށް މުހިންމު!: އަމީން އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ޚިދުމަތަށް މީހުން ބޭނުންވެފައިވާ މިވަގުތު ދައުލަތުގެ މުވައްޒިފުންގެ ބޭނުން ހިފުން ވަރަށް މުހިންމު!: އަމީން އިބްރާހީމް

ކޮވިޑުބަލީގެ ނުރައްކާ އިންތިހާއަށް ފެތުރި އިންސާނީ ވަސީލަތަށް ބޭނުންބޮޑުވެފައިވާ މިފަދަ ވަގުތެއްގައި ދައުލަތުގެ މުވައްޒިފުންގެ އެހީތެރިކަން ހޯދުން ވަރަށް މުހިންމު ކަމަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު، ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ. 

އަމީން މިއަދު ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް ޞިއްޙީ ކަންކަމުގައި އަމިއްލައަށް ނުކުމެ ޚިދުމަތްކުރާ ބައެއް ކަމަށާއި މީގެ ކުރީގައި އާންމުވެގެންދިއަ ބަލިތަކުން އަރައިގަތުމަށްވެސް އެއްވެސް ވަރުބަލިކަމެއް ނެތި ޚިދުމަތްކޮށްފައިވާ ބައެއް ކަމަށެވެ. އަދި މިހާރުވެސް ފުރުޞަތު ދިނުމުން ރައްޔިތުންނަށް ޚިދުމަތްކުރަން ނުކުންނާނެ ކަމަށެވެ. 

އަމީން ވިދާޅުވީ ގިނަ އަދަދެއްގެ މުވައްޒިފުންނަށް ގޭގައި ތިބެންޖެހުމުން ކުރިން ލިބެމުން އައި އިތުރު އެލަވަންސްތައް ނުލިބި ދަތިޙާލުގައި ތިބެންޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި ބޮޑު އަގެއް ދީފައި އިތުރު ބައަކު ހޯދުމުގެ ބަދަލުގައި އެކަމަށް ކުރިމަތިލާ ދައުލަތުގެ މުވައްޒިފުންނަށް ކޮންމެވެސް އިނާޔަތެއް ދިނުމުން ދައުލަތަށް ޚަރަދުކުޑަވެފައި މުވައްޒިފުންނަށް ކުރާ ފައިދާވެސް ބޮޑުވާނެ ކަމަށެވެ. 

އަމީން މިމޭރުމުން ވިދާޅުވެފައިވާއިރު ކޮލެރާ ފެތުރު ދުވަސްވަރުގައިވެސް ސަރުކާރު މުވައްޒިފުންނާ ޢާންމުންގެ ގިނަ ބައަކު ވަނީ ޤަުމީ ޚިދުމަތެއްގެ ގޮތުން ނުކުމެ 24 ގަޑިއިރު ޚިދުމަތްކޮށްދީފައިކަންވެސް ފާހަގަކުރެވެއެވެ. 

ނުކުންނަ ކޮންމެ ދުވަހަކަށް ބޮޑު އުޖޫރައެއް ދޭގޮތަށް ބައަކު ޚިދުމަތަށް ނެރެންބަލާއިރު ދައުލަތުގެ ބަޖެޓުގެ ޙާލަތު މިހާރު ވަނީ ވެންޓިލޭޓަރުގައިކަމަށް ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނެއެވެ.  

އަމީން ކުރައްވާފައިވާ ޓްވީޓެއް: 

މިއަދު އޮންލައިން