ކޮވިޑް ޖެހިގެން މިއަދު ނިޔާވި މީހުންގެ އަދަދު 6 އަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
ކޮވިޑް ޖެހިގެން މިއަދު ނިޔާވި މީހުންގެ އަދަދު 6 އަށް!

ކޮވިޑް ޖެހިގެން މިއަދު ނިޔާވި މީހުންގެ އަދަދު 6 އަށް އަރައިފިއެވެ. 

އެންމެފަހުން ނިޔާވެފައިވަނީ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ނިޔާވީ 8:12 ގައެވެ. މިއަދު  7:53 ގައިވެސް މީހަކު މަރުވިއެވެ. އެއީ 68 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި އިރުއޮއްސި 6:40 ގައި ނިޔާވެފައިވަނީ 79 އަހަރުގެ ދިވެހި އަންހެނެކެވެ.

މީގެއިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގައިގައި ފަރުވާ ހޯދަމުން ދަނިކޮށް  މިއަދު 5:40 ގައި ނިޔާވެފައިވަނީ  އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.  އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަަރުވާ ހޯދަމުން ދިޔަ ދެމީހަކުވެސް ވަނީ ނިޔާވެފައެވެ. އެއީ މިއަދު ހެނދުނު 10:49 ގައި ނިޔާވި އުމުރުން 62 އަހަރުގެ ދިވެހި އަންހެނަކާއި މިއަދު ހެނދުނު 8:07 ގައި ނިޔާވި އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

މިއަދު ނިޔާވި 6 މީހުންނާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ 129 އަށް އަރާފައެވެ. މިބަލީގައި ފުރަަަތަމަ މީހަކު ނިޔާވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. 

 

މިއަދު އޮންލައިން