ކޮވިޑް ފެސިލިޓީއެއްގަ ކަމެއް ދިމާވުމުން ފޮޓޯ ހާމަކުރުމުގެ ބަދަލުގަ އެކަން ޙައްލުކުރަން އެހީތެރިވެދޭން އެދިއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ކޮވިޑް ފެސިލިޓީއެއްގަ ކަމެއް ދިމާވުމުން ފޮޓޯ ހާމަކުރުމުގެ ބަދަލުގަ އެކަން ޙައްލުކުރަން އެހީތެރިވެދޭން އެދިއްޖެ!

ކޮވިޑް ފެސިލިޓީއެއްގަ ކަމެއް ދިމާވުމުން ފޮޓޯ ހާމަކުރުމުގެ ބަދަލުގަ އެކަން ޙައްލުކުރަން އެހީތެރިވެދޭން ހުޅުމާލެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސަޢީދު އެދިވަޑައިގެންފިއެވެ. 

"ކޮވިޑް ފެސިލިޓީތަކުގަ ދިމާވާ މައްސަލަތައް ޙައްލުކުރަން 24 ގަޑިއިރު ދަނީ މަސައްކަތްކުރަމުން. ސިންކު ފަދަ ތަކެތި ބެދި ފުރިދާނެ. އެކަން ސަމާލުކަމަށް ގެނައިމަ ހައްލުކުރަން ވަގުތުން މަސައްކަތްފަށާނެ. އެކަމެއް ދިމާވާ ވަގުތު ފޮޓޯ ނަގާފަ ހާމަކުރީމާ އެފޮޓޯ ފެންނާނެ. ނަމަވެސް އެއީ އަބަދު އެކަން ހުންނަ ގޮތެއް ނޫން." 

މާރިޔާ ވިދާޅުވީ މިހައި ގިނަ ބައަކު އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާއިރު ޢިމާރާތަށްވެސް އެހެން ކަންކަމަށްވެސް މައްސަލަތައް ކުރިމަތިވާނެކަން ޤަބޫލުކުރަންޖެހޭނެ ކަމަށެވެ. އަދި މިޙާލަތުގައި މައްސަލަތައް ޙައްލުކުރަން އެންމެންގެ އެހީތެރިކަމާ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

މިއަދު އޮންލައިން