ހުރިހާ ބަލި މީހުންނަށްވެސް ދަނީ ފަރުވާ ދެވެމުން: މާރިޔާ ސަޢީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ހުރިހާ ބަލި މީހުންނަށްވެސް ދަނީ ފަރުވާ ދެވެމުން: މާރިޔާ ސަޢީދު

ކޮވިޑް ޖެހިގެން އެޑްމިޓްކުރެވިފައިވާ ހުރިހާ ބަލި މީހުންނަށްވެސް ދޭންޖެހޭ ފަރުވާ ދަނީ ފޯރުކޮށްދެވެމުން ކަމަށާއި އެކަމަށް ބޭނުންވާނެ ޞިއްޙީ އެހީތެރިން ގެންދަނީ ޚިދުމަތްކުރަމުން ކަމަށް ހުޅުމާލެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސަޢީދު ވިދާޅުވެއްޖެއެވެ. 

މާރިޔާ ވިދާޅުވީ ފަރުވާދޭންޖެހޭ މީހުންގެ ޢަދަދަށް ބަލައި ޚިދުމަތް ދޭނެ ނަރުހުންގެ ޢަދަދު ކަނޑައެޅުންފަދަ ކަންކަން ކުރަނީ މެޑިކަލް އެޑްވައިޒަރީ ބޯޑަކުން ކަމަށާއި އެގޮތުން ކަނޑައަޅާ ޢަދަދުތަކަށް ޚިދުމަތްތެރިން ޚިދުމަތްކުރަމުން ގެންދާ ކަމަށެވެ.  

މާރިޔާ ވިދާޅުވީ ކެއުން ހަމަޖައްސައިދެނީ އެމީހެއްގެ ޞިއްޙީ ޙާލަތާއި ގުޅޭ ގޮތުން ކަމަށާއި ހަކުރުބަލީގެ މީހުންނަށް ބޭނުންވާ ކާނާވެސް ދަނީ ފޯރުކޮށްދެމުން ކަމަށެވެ. 

"އެހީތެރިންނަށް ފުރުޞަތު ދިނުމުގަ ދަތިތަކެއް އެބަހުރި. ފުރަތަމަ ކަމަކީ މީހާރުވެސް ޖާގަފުރިފައިވާއިރު އިތުރު ޖާގަތަކެއް ގެއްލިގެންދިއުން. އަދި އެހީތެރިންނަށް އަންނަ މީހުން ވާންޖެހޭނީ ބަލީމީހާ އާއިއެކު ނޫނީ ހޮސްޕިޓަލުން ނުނުކުމެ ހޮސްޕިޓަލުގައި އަބަދު ހުންނަން ޖެހޭނެ މީހަކަށް." 

"އެޑްމިޓްކޮށްފައި މިބައިތިއްބަނީ ދެ ޖިންސް ވަކިން އެހެން ވީމާ އަންހެނުންގެ ވޯޑަށް އެހީތެރިންގެ ގޮތުގަ ފިރިހެނަކު ނުވެއްދޭނެ. ފިރިހެނަކު ވައްދައިފިނަމަ އެހެން މީހުންނަށް އުނދަގޫވާނެ" ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

މިއަދު އޮންލައިން