ބަލި އިތުރުވަނީ ބައްޔަށް "އެކްސްޕޯޒް" ވާތީ - ސަމާލްކަން އިތުރުކުރައްވާ!: ޑރ. އަފްޒަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ބަލި އިތުރުވަނީ ބައްޔަށް "އެކްސްޕޯޒް" ވާތީ - ސަމާލްކަން އިތުރުކުރައްވާ!: ޑރ. އަފްޒަލް

ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދު ގިނަވަމުން މިދަނީ ބައްޔަށް "އެކްސްޕޯޒް" ވާތީ ކަމަށާއި އޮތް ހަމައެކަނި ޙައްލަކީ ބަލިޖެހޭ ސަބަބުތަކަށް ރައްކައުތެރިވުން ކަމަށް ޑރ. އަފްޒަލް ވިދާޅުވެއްޖެއެވެ. 

ޑރ. އަފްޒަލް މިއަދު ވިދާޅުވީ މާސްކް އެޅުމާއި، ގައިދުރުކުރުމާއި، ގިނަގިނައިން އަތްދޮވުމާއި ގޭތެރޭގެ ސާފުތާހިރުކަން ބެލެހެއްޓުމާއި ގޭތެރޭގައިވެސް ސަމާލުކަން ދީގެން އުޅުމާއި މިފަދަކަންކަމަށް ކޮވިޑް ފެށިގެން އައި ދުވަސްވަރު ދޭންޖެހޭ ސަމާލުކަން މިހާރުވެސް ދޭންޖެހޭ ކަމަށެވެ. 

ޑރ. އަފްޒަލް ވިދާޅުވީ މިޙާލަތުގައި އެންމެ މުހިންމު ކަމަކީ ބައްޔަށް ހުށަހެޅިދާނެ ހުރިހާ ކަމަކަށް ސަމާލުކަންދިނުން ކަމަށެވެ. ބަލިޖެހިދާނެ ކަންކަމާއި މުޅިން ދުރުހެލިވެ އެކަމަށް ފަރުވާތެރިވެގެން ނޫނީ ބަލި ފެތުރުން މަދުނުކުރެވޭނެ ކަމަށެވެ.

މިއަދު އޮންލައިން