ކޮވިޑާ ގުޅިގެން ޑރ. ފައިޞަލްގެ ޚާއްޞަ އިލްތިމާސްތަކެއް-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކޮވިޑާ ގުޅިގެން ޑރ. ފައިޞަލްގެ ޚާއްޞަ އިލްތިމާސްތަކެއް-!

ކޮވިޑުޖެހިގެން އަންނަ ހުން 4 ދުވަހަށް ދިގުލައި ގޮއްސިނަމަ ޑޮކްޓަރަށް ދައްކަން އައިޖީއެމްޗްގެ ސްޕަޝަލިސްޓް ޑޮކްޓަރ، ޑރ. އަހްމަދު ފައިޞަލް އިލްތިމާސް ކުރައްވައިފިއެވެ. 

ކޮވިޑްޖެހިގެން ބޮޑެތި މީހުންނަށް ދީފައި ހުންނަ ބޭސް ޑޮކްޓަރަކާ މަޝްވަރާ ނުކޮށް ކުޑަކުދިންނަށް ނުދިނުމަށްވެސް ޑރ. ފައިޞަލް ވަނީ އިލްތިމާސް ކުރައްވައިފައެވެ. 

"ކޮވިޑު ޖެހިގެން ބޮޑު މީހަކަށް ދީފައި ހުންނަ ބޭސް ކުޑަކުއްޖަކަށް ދޭންވާނީ ޑރ ގާތު އަހާފަ! ފަޅި ކޮށްލާފައި އެއްބުރި ނުދެއްޗޭ! ކުޑަކުދިންނަކީ ބޮޑުމީހާގެ އެއްބުރި އެއްނޫން!" 

ޑރ. ފައިޞަލްގެ އިތުރު ބައެއް އިލްތިމާސްތައް: 

"ޕެނަޑޯލް ކެވޭނަމަ، އެ ފުދޭނެ ހުންއަންނަންޔާ. ކޯވިޑްގަ އިތުރު ތަދުކަނޑުވާ ބޭހެއް ނުދެން. ޕެނަޑޯލް ނުކެވެންޔާ ތާފަނާފެން ކަރުދަށުގަޔާ، ކިހިލިފަތް ދަށުގަޔާ، އުކުޅުވަޅުގަ ހާކައިގެން ހުން ތިރިކުރަން މަސައްކަތް ކުރާނީ. އޭގެ އިތުރުން ދިޔާއެއްޗިހި ގިނައިން ބޯންވާނެ! 

"ކަރުގަރިއްސާނަމަ، ތާފަނާ ފެނުން ކަރު ދޮންނާނީ (gurgle). ނުވަތަ މައުތު ވޮޝްއަކުންވެސް ގާރގަލް ކުރެވިދާނެ!" 

"ނޭވާހިއްލުމަށް ސުޓެރޮއިޑް އިންހޭލާ ބޭނުންކުރާކުދިން ކޮވިޑު ޖެހުނަސް އެ އިންހޭލާ ހުއްޓާނުލާ ކުރިއަށް ގެންދާތި!"  

ބަލިމީހުންނަށް ފަރުވާކުރެއްވުމުގެ އިތުރުން ކޮވިޑާއިމެދު ރައްޔިތުން ހޭލުންތެރިކުރުވަން ޑރ. ފައިޞަލް ގެންދަވަނީ ވަރަށް ބޮޑަށް މަސައްކަތްކުރައްވަމުންނެވެ.  

މިއަދު އޮންލައިން