މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު ދެހާހާ ކައިރިކުރި އިރު ބަލިން ރަނގަޅުވީ ހަސަތޭކަ ފަނަރަ މީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު ދެހާހާ ކައިރިކުރި އިރު ބަލިން ރަނގަޅުވީ ހަސަތޭކަ ފަނަރަ މީހުން!

މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 2000 އާއި ކައިރިކޮށްފިއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 1518 ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ އިން ހާމަކޮށްފައިވަނީ 1960 މީހުންނެވެ. 

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 6333 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 31812 އަށް އަރައިފައެވެ. އަދި މިއަދު ބަލިން ރަނގަޅުވެފައި ވަނީ 615 މީހުންނެވެ.

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 54365 އަށް އަރައިފައެވެ. މި ބައްޔަށް 22421 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 294 މީހުންނަށެވެ.

މި ބަލީގައި މިއަދު 3 މިހުން ނިޔާވެފައިވާއިރު މި ބަލީގައި ޖުމްލަ ނިޔާވީ 123 މީހެކެވެ.

މިއަދު އޮންލައިން