ހިތްދަތިކަމެއް ކުރިމަތިވެއްޖެނަމަ ފުރަތަމަ ކަމަކަށް ތިމާއަށް އެހެން މީހެއްގެ ހިތުގަ ޖައްސައި އަނިޔާވެރިވެވިފައިވޭތޯ ބަލާށެވެ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ
ހިތްދަތިކަމެއް ކުރިމަތިވެއްޖެނަމަ ފުރަތަމަ ކަމަކަށް ތިމާއަށް އެހެން މީހެއްގެ ހިތުގަ ޖައްސައި އަނިޔާވެރިވެވިފައިވޭތޯ ބަލާށެވެ!

ބައެއް ފަހަރު ކުރިމަތިވާ ކަންކަން ބޮޑުކަމުން ދެން އެކަމުން އަރައިނުގަނެވިދާނެކަމަށްވެސް ވިސްނިދާނެއެވެ. ނަމަވެސް އެއީ މުޅިން ނުބައި ވިސްނުމެކެވެ. އެއްވެސް މުޞީބާތަކީ ދާއިމީ މުޞީބާތެއް ނޫނެވެ. އެ ދަތި އުނދަގޫތަކާއި ހިތްދަތިކަން އަބަދަށް ދެމިގެނެއް ނުދާނެއެވެ. 

ދިމާވާ ކަންތަކުން ދެން އަރައިނުގަނެވޭނެ ކަމަށް ޤަބޫލުކުރެވޭނަމަ އެޤަބޫލުކުރެވޭނީ ޝައިޠޯނާގެ ބަހެވެ. އެހެނީ ﷲ ތަޢާލާގެ ވަޙީ "ފަހެ ހަމަކަށަވަރުން، އުނދަގޫ ކަމަކާއިއެކު ފަސޭހަކަންވެއެވެ." (އައްޝަރްޙީ: 5) 

ބައެއް ކަންކަން ކުރިމަތިކުރައްވަވަނީ އިމްތިޙާނަކަށެވެ. އަނެއްބައި ކަންކަން ކުރިމަތިވަނީ އެމީހަކަށް ކުރެވޭ ޢަމަލުތަކުގެ ސަބަބުންނެވެ. ކުރެވޭ ފާފަތަކުގެ ސަބަބުންނެވެ. އެހެން މީހުންގެ ހިތުގައި ޖައްސައި އެހެން މީހުންނަށް އަނިޔާވެރިވެވޭތީއެވެ! 

ވީމާ ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އެހެން މީހުންނަށް އިނގިލި ދިއްކުރުމުގެ ކުރިން އެކަން ތިމާއަށް މެދުވެރިވުމުގައި ތިމާގެ އިހްމާލެއް އޮތްތޯ ވިސްނާށެވެ! އެއްވެސް މީހެއްގެ ހިތުގައި ޖައްސައި އަނިޔާވެރިވެވިފައިވޭތޯ ވިސްނާށެވެ! އެފަދަ ކަމެއް ކުރެވިފައިވާނަމަ އަވަހަށް އެމީހެއްގެ ކިބައިން މާފަށް އެދޭށެވެ! ބަދަލުގައި އެމީހަކަށް ހެޔޮކަމެއްކޮށްދޭށެވެ! އެމީހަކަށްޓަކައި ހެޔޮދުޢާކުރާށެވެ! އެކަންކަމުގެ ސަބަބުން ތިބާއަށް އުފާވެރިކަން އަނބުރައި ދެއްވެވުމަށް އުންމީދުކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކން

މިއަދު އޮންލައިން