ކޮވިޑް ޖެހިގެން މިއަދު މަރުވި މީހުންގެ އަދަދު 4 އަށް އަރައިފިއެވެ. އިއްޔެ ވަނީ މާލެ ސިޓީން 5 މީހުންނާއިއެކު 7 އަށް އަރައިފައެވެ.
އެންމެފަހުން ނިޔާވެފައިވަނީ އުމުރުން ދުވަސްވީ ދިވެހި އަންހެނެކެވެ.މިމީހާގެ މަރުގެ މައުލޫމާތު އެޗްޕީއޭއިން އަދި ހާމައެއް ނުކުރެއެވެ.
މިއަދު 3 ވަނަ އަށް ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި އުމުރުން 72 އަހަރުގެދިވެހި ފިރިހެނެކެވެ. މިއަދު 2 ވަނަ އަށް ނިޔާވެފައިވަނީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. ރޭ މެންދަމު 2:00 ގައި ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ނޭޕާލަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ މީހެކުވެސް ވަނީ ނިޔާވެފައެވެ.
މިއަދު ވަނީ 2000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައެވެ. އެއީ އިއްޔެއަށްވުރެ ގާތްގަނޑަކަށް 700 މީހުން އިތުރު އަދަދެކެވެ.
ހަސްފަތާލުތައް ފުރުނީއެވެ. ޞިއްޙީ ޚިދުމަތްތެރިންނަށް އިންތިހާއަށް ބުރަބޮޑުވީއެވެ. ދުޢާއަކީ މިޙާލަތުން ސަލާމަތްކުރައްވަވައި ދެއްވެވުމެވެ.