އެޗްޕީއޭ އިން މިޜޭ ހާމަކުރި ރިޕޯޓަށް ބަލާއިރު މާލެ ސިޓީން ޕޮޒިޓިވްވި ސާމްޕަލްތަކުގެ އަދަދު ވަނީ 1698 އަށް އަރައިފައެވެ. މިއީ 100 އަށް އެންމެ ދެމީހުން މަދު އަދަދެކެވެ. އިތުރު ސާމްޕަލަސްތަކުގެ ނަތީޖާ ނުލިބިހުރުމުން މިއަދުގެ އަދަދު ބޮޑުތަނުން މަތިވެގެންދާނެ ކަމަށް ބެލެވެއެވެ.
ސަބަބުތަކަށް ވާހަކަ ދެއްކުން މިވަގުތު މަޑުޖައްސާލަންޖެހެއެވެ. ނަމަވެސް އުފެދޭ ސުވާލުތައް ވަރަށް ގިނައެވެ. ޖަވާބު ބޭނުންވާ މުހިންމު ސުވާލުތައްވެސް ބައިވަރެވެ! ޝިރުކުގެ ގަދަ ބަސްތައް ބުނި މީހުންނާއި މީޑިއާތަކުން ތައުބާވުން ބުއްދިވެރިއެވެ.
މިވަގުތު ހަމަ ކޮންމެ މީހަކުވެސް ސަމާލުކަންދޭންވީ އެމީހާ އާއި އެމީހާގެ ޢާއިލާއަށެވެ. ތިމާގެ ސަބަބުން ގެއަށް ބަލިނުވަންނާނެކަން ކަށަވަރުކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާ ކަމަށް ހަދަން މިވަނީ މަޖުބޫރުވެފައެވެ.
އަތް ދޮވެލާފައި ގައިދިރުކޮށްލުމުން ހުރިހާ ކަމެއެ ޙައްލުވާނެ ކަމަށް ބުނެފައިވީނަމަވެސް އެބަހަށް އިތުބާރުކުރެވެން ނެތްކަން މިދަނީ ފެނި ސާބިތުވަމުންނެވެ. ވީމާ މިހިސާބުން ވެސް އޮތީ ދެއަތް ދޮވުމުގެ އިތުރުން ގިނަގނައިން ވުޟޫކޮށް ނަމާދުކޮށް ދުޢާކުރުމެވެ. ދެއަތް ދޮވުން ގިނަކުރާ ފަދައިން ދުޢާކުރަން އަތް އުފުލުން ވެސް ގިނަކުރުމެވެ. ކޮވިޑް ކޮންޓްރޯލްވުމާއި ބަލިން ސަލާމަތްކޮށްދެއްވެވުމުގެ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށްކަން ދެންވެސް ޤަބޫލުކުރަމާތޯއެވެ! ގަދަބަސް ނުބުނެ ދުޢާކުރުން ގިނަކުރަމާތޯއެވެ!