މިއަދު ޕޮޒިޓިވްވީ ހަސަތޭކަ ނުވަދިހަ އެއްމީހުން! ޖުމްލަ ދެހާހުން މަތީގައި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
މިއަދު ޕޮޒިޓިވްވީ ހަސަތޭކަ ނުވަދިހަ އެއްމީހުން! ޖުމްލަ ދެހާހުން މަތީގައި!

މިއަދު އަލަށް 691 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއްޖެއެވެ. 

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން  691 ޕޮޒިޓިވްވެފައިވާއިރު ކުރީދުވަސްތަކުގެ ސާމްޕަލްސްތަކާއެކު ޖުމްލަ ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ އިން ހާމަކޮށްފައިވަނީ 2,194 މީހުންނެވެ. 

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 7259 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 30403 އަށް އަރައިފައެވެ. އަދި މިއަދު ބަލިން ރަނގަޅުވެފައި ވަނީ 759 މީހުންނެވެ.

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 50802 އަށް އަރައިފައެވެ. މި ބައްޔަށް 20276 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 280 މީހުންނަށެވެ.

މި ބަލީގައި 114 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން