ކޮވިޑް އިން ދިފާއުވާން ދުނިޔެ ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ޗައިނާއިން އެންމެ މަތީ ހަރުފަތަށް އަރައި ސިންގަލް ޑޯޒް ވެކްސިން ޑޭން ފަށައިފިއެވެ.
"ކެންސިނޯ ބައިލޮޖސްޓް" އިން އުފެއްދި މި ވެކްސިން މިހާރު ޝަްހާއީގައި ދޭންފަށައިފިއެވެ.
މިހައިތަނަށް ސިންގަލް ޑޯޒް ވެކްސިނެއް އުފައްދާފައިވަނީ "ޖޯންސަން އެންދް ޖޯންސަން" އިންނެވެ.
ވެކްސިން އުފެއްދުނު ނަމަވެސް ދުނިޔެއަށް ޚާއްޞަކޮށް ރާއްޖެއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އިންޑިއާގައި ފެތުރިފައިވާ ބިރުވެރި ނުރައްކައުތެރި ކޮރޯނާ ވައިރަސް ދުނިޔޭގައި އަދި މިހައިތަނަށް އުފައްދާފައިވާ އެއްވެސް ވެކްސިނަކަށް ނުގުޑާނެކަމަށް ޑަބްލިޔޫއެޗްއޯ އިން ބުނާބުނުމެވެ.
ފަތުރުވެރިންގެ ގޮތުގައި ރާއްޖެއައި އިންޑިއާ މީހުން ކަރަންޓީނުގައި ނުތިބެ ހުޅުމާލޭ ރަށުތެރޭގައި އުޅެގަތްފަހުން ރާއްޖޭގައިވެސް ކޮރޯނާގެ ޙާލަތު ނުރައްކާތެރިވެ އިއްޔެއަކީ އެންމެ ގިނަ މީހުން މަރުވި އެއް ދުވަހެވެ. ފާއިތުވި 1 އަހަރު ދުވަހުގެތެރޭގައި މަރުވި މީހުންގެ 33 އިންސައްތަ ޢާއި ގާތަށް އަދަދަކަށް މީހުން މަރުވެފައިވަނީ މިމަހުއެވެ.
Shanghai has started administering a single-dose recombinant COVID-19 vaccine (adenovirus type 5 vector) developed by Chinese company CanSino Biologics. pic.twitter.com/wek0R9h4Wx
— Chinese Embassy in Maldives (@ChinaEmbassyMV) May 19, 2021