މިއަދު ޕޮޒިޓިވްވީ ހަތަރުސަތޭކަ ތިރީސް އަށްމީހުން! ޖުމްލަ އެގާރަ ސަތޭކަ އަށްޑިހަ ހަތްމީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
މިއަދު ޕޮޒިޓިވްވީ ހަތަރުސަތޭކަ ތިރީސް އަށްމީހުން! ޖުމްލަ އެގާރަ ސަތޭކަ އަށްޑިހަ ހަތްމީހުން!

މިއަދު އަލަށް 438 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއްޖެއެވެ. 

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 438 ޕޮޒިޓިވްވެފައިވާއިރު ކުރީދުވަސްތަކުގެ ސާމްޕަލްސްތަކާއެކު ޖުމްލަ ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ އިން ހާމަކޮށްފައިވަނީ 1,187 މީހުންނެވެ. 

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 3771 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 29,644 އަށް އަރައިފައެވެ. އަދި މިއަދު ބަލިން ރަނގަޅުވެފައި ވަނީ 558 މީހުންނެވެ.

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 48,608 އަށް އަރައިފައެވެ. މި ބައްޔަށް 18849 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 274 މީހުންނަށެވެ.

މި ބަލީގައި 112 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން