މަސްތުވާތަކެތި ބޭނުންކުރަން ފަސޭހަވާގޮތަށް ކުރީގެ ސިޓީކައުންސިލުން ތައްޔާރުކޮށްދީފަހުރިތަނެއް މިހާރުގެ ސިޓީ ކައުންސިލުން ރޫޅާލައިފި!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 18ސ
މަސްތުވާތަކެތި ބޭނުންކުރަން ފަސޭހަވާގޮތަށް ކުރީގެ ސިޓީކައުންސިލުން ތައްޔާރުކޮށްދީފަހުރިތަނެއް މިހާރުގެ ސިޓީ ކައުންސިލުން ރޫޅާލައިފި!

މަސްތުވާތަކެތި ބޭނުންކުރަން ފަސޭހަވާގޮތަށް ކުރީގެ ސިޓީކައުންސިލުން ތައްޔާރުކޮށްދީފައިހުރިތަނެއް މިހާރުގެ ސިޓީ ކައުންސިލުން ރޫޅާލައިފިއެވެ. 

ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުގެ ގެކޮޅާއި ދާދި ގާތުގައި ވަށައިގެން ޓިނުޖަހައި ނިވާކޮށްދީ ހަދާފައިވާ އެ ސަރަހައްދު މިހާރުގެ ސިޓީ ކައުންސިލުން ރޫޅައިލުމާއި ހަމައަށް އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމާއި ރޯދަމަހު ރޯދަނުހިފާ މީހުންދުވާލު ކެއުން ފަދަ ކަންކަން ކުރާތީ ގިނަބައަކު އައީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. 

ވިޔަފާރިވެރިންގެ މިސްކިތަކީ މިހާރުވެސް ޖާގަފުރެމުން އަންނަ މިސްކިތެކެވެ. މިސްކިތަތަކަށް ޖާގަ އިތުރުކުރެވެން އޮތީ ވަރަށް މިސްކިތަކަށެވެ. ވީމާ ވިޔަފާރިވެރިންގެ މިސްކިތުގެ ޖާގަ ބޮޑުކުރެވޭނެ ދުވަހެއް ފެނުމުން އެ ހުސްޖާގައަކީ މިސްކިތާއި ގުޅުވައިލެވޭނެ ބިމެއްގެ ގޮތުގައި ބާއްވައިގެން ބޭނުންކުރަން ގިނަ ބައަކު އެދެއެވެ. 

ވިޔަފާރިވެރިން މިސްކިތް އެޅިއިރު އެ ހުސްބިން ވެސް ދިނުމަށް ވިޔަފާރިވެރިން އެދުނެވެ. މިސްކިތުގެ ޖާގަ މިހައި އަވަހަށް ފުރިގެން މިދިއައީ އެއިރު އޮތް ރައީސް މައުމޫނުގެ ވެރިކަމުން އެ ބިންކޮޅު ނުދިނުމުންނެވެ. 

"އަޅުގަނޑުމެން ވަރަށް އާދޭސްކުރިން އެބިންކޮޅު ދެއްވާތޯ! އަޅުގަނޑުމެން ބޭނުންވީ މިސްކިތް އަޅަންދިން ބިން ފުރޭވަރުގެ ބޮޑު މިސްކިތެއް އެތަނުގަ އަޅަން، ވުޟޫކުރުމާ ދެންހުރި ކަންކަން އެ ބިންކޮޅަށް ބަދަލުކުރަން. ނަމަވެސް އާދޭސްކޮށް ސަލާންޖެހީމަވެސް އެ ބިންކޮޅު ނުދިނީމަ މިހާރުގެ މިސްކިތަށް ޖާގަކުޑަވެގެންދިއައީ." މިސްކިތް އެޅުމުގެ މަސައްކަތުގަ އިސްކޮށް އުޅުއްވި ވިޔަފާރިވެރިއަކު މިއަދުނޫހަށް ވިދާޅުވެފައިވެއެވެ.

މިއަދު އޮންލައިން