ކޮރޯނާ ކުރިން ފެންނަ ގެތަކުގައި ޕޮޒިޓިވްވަނީ އެކެއް ދެ މީހެކެވެ. ނަމަވެސް މިހާރު ބަލިވަންނަ ބައެއް ގެތަކުގެ އެންމެން ވެސް އެބަ ޕޮޒިޓިވްވެއެވެ.
ގެއިން ބޭރަށް އެއްގޮތަކަށްވެސް ނުނުކުންނަ މީހުން ޕޮޒިޓިވްވާތީ ބައެއް މީހުން އެބަ ސުވާލުކުރެއެވެ. އެކަން އެވާގޮތަކީ އެމީހުން ގެއިން ނުނުކުތް ނަމަވެސް ބޭރަށް ނުކުންނަ މީހުންގެ ސަބަބުން ނުވަތަ ގެއަށް ޒިޔާރަތްކުރާ މީހުންގެ ސަބަބުން ވައިރަސް އެމީހަކަށް ފޯރައި ޕޮޒިޓިވްވަނީއެވެ.
ގޭގައި ތިބޭ މައިންބަފައިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނާއި އެނޫންވެސް ސީރިއަސްވެދާނެ މީހުންގެ ޙައްޤުގައި އެމީހުންގެ ސަލާމަތަށް ކުރަން އޮތް ކަމަކީ އެހެން ގޮތެއް ނެތިގެން ނޫނީ ގެއިން ބޭރަށް ނުދިއުމެވެ. ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމެވެ.
- މިރޭގެ ޕްރެސްއިން