މިއަދު ޕޮޒިޓިވްވީ ފަސްސަތޭކަ ސަތާރަ މީހުން! ބަލިން ރަނގަޅުވީ ދުވިސައްތަ ތިރީސް ހަތް މީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
މިއަދު ޕޮޒިޓިވްވީ ފަސްސަތޭކަ ސަތާރަ މީހުން! ބަލިން ރަނގަޅުވީ ދުވިސައްތަ ތިރީސް ހަތް މީހުން!

މިއަދު އަލަށް 517 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއްޖެއެވެ. 

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 517 މީހުންނެވެ. އެހެންނަމަވެސް ކުރީދުވަސްތަކުގެ ސާމްޕަލްސްތަކާއެކު ޖުމްލަ ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭގެ އިން ހާމަކޮށްފައިވަނީ 1,465 މީހުންނެވެ. 

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 3703 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 29,086 އަށް އަރައިފައެވެ. އަދި މިއަދު ބަލިން ރަނގަޅުވެފައި ވަނީ 237 މީހުންނެވެ.

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 47,421 އަށް އަރައިފައެވެ. މި ބައްޔަށް 18221 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 268 މީހުންނަށެވެ.

މި ބަލީގައި 105 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން