މަޖިލީހުގެ ރަސީސްއަށާ އުއްތަމަ ފަނޑިޔާރަށް ދިރިއުޅުއްވާނެ ގެކޮޅު ދިނުމުގެ ބިލު ފޮނުވައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 39ސ
މަޖިލީހުގެ ރަސީސްއަށާ އުއްތަމަ ފަނޑިޔާރަށް ދިރިއުޅުއްވާނެ ގެކޮޅު ދިނުމުގެ ބިލު ފޮނުވައިފި!

ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އުއްތަމަފަނޑިޔާރަށް ދިރިއުޅުއްވާނެ ގެކޮޅު ދިނުމުގެ ބިލު އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފިއެެވެ.

އެޓާނީ ޖެނެެރަލް އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށް ރަސްމީގެ ހަމަޖައްސައި ހިމާޔަތާއި ރައްކާތެރިކަން އިތުރު ކުރަން ކަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް މަޖިލީހަށް ހުށަހެޅުމަށްޓަކައި މިއަދު ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މީގެއިތުރުން ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމުގެ ބިލުވެސް ވަނީ ފޮނުވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދައުލަތުން ފޯރުކޮށްދޭ ސެކިއުރިޓީ އިތުރަށް ވަރުގަދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެންގެވީ މެއި މަހުގެ 11 ވަނަ ދުވަހު އޮތް ކެބިނެޓް ބައްދަލްވުމުގައެވެ.

 

މިއަދު އޮންލައިން