24 ގަޑިއިރުގެތެރޭ ޕޮޒިޓިވްވި މީހުންގެ އަދަދު 79 އިތުރުވެ, ޖުމްލަ ސާދަސަތޭކަ ތީރީސްތިން މީހުން ޕޮޒިޓިވްވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 49ސ
24 ގަޑިއިރުގެތެރޭ ޕޮޒިޓިވްވި މީހުންގެ އަދަދު 79 އިތުރުވެ, ޖުމްލަ ސާދަސަތޭކަ ތީރީސްތިން މީހުން ޕޮޒިޓިވްވެއްޖެ

މިދިޔަ 24 ގަޑިއިރުގެތެރޭ ޕޮޒިޓިވްވި މީހުންގެ އަދަދު 79 އިތުރުވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން އިއްޔެ ޕޮޒިޓިވްވެފައިވަނީ 594 މީހުންނެވެ. ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 515 މީހުންނެވެ. އެހެންކަމުން މިބައްޔަށް އިއްޔެއަށްވުރެ އިތުރަށް މިއަދު ޕޮޒިޓިވްވެފައިވަނީ 79 މީހުންނެވެ.

މީގެއިތުރުން ކުރީދުވަސްތަކުގެ ސާމްޕަލްސްތަކާއެކު ޖުމްލަ ޕޮޒިޓިވްވެފައިވަނީ 1433 މީހުންނެވެ. 

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 4480 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 28,894 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 45,956 އަށް އަރައިފައެވެ. މި ބައްޔަށް 16997 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 268 މީހުންނަށެވެ.

މި ބަލީގައި 101 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން