އަންހެނުން ހައިޟުވެގެން ނުވަތަ މައްސަރު ކަންތައް ޖެހިގެން ތިބޭ އިރުވެސް ކިޔެވުން ހުއްޓާލައިގެން ނުވާނެ، ކޮންމެހެންވެސް ކިޔަވަން ޖެހޭނެ ބައިތަކެއް ޤްރުއާނުގައިވެއެވެ!
1- އާޔަތުލްކުރުސި: ނިދުމުގެ އިތުރުން ފަތިހު އާއި މަޣްރިބް ނަމާދު ވަގުތު ޖެހުމުން އާޔަތުލްކުރުސި 3 ފަހަރު ކިޔަވަން ވާނެއެވެ.
2- ކީރިތި ޤްރުއާނުގެ އެންމެ ފަހު 2 ސޫރަތް: (އަލްފަލަޤް، އައްނާސް ސޫރަތް) ފަތިހު އާއި މަޣްރިބް ނަމާދު ވަގުތު ޖެހުމުން 3 ފަހަރު ކިޔަވަންވާނެއެވެ.
3- ބޭނުންނަމަ އިޚްލާޞް ސޫރަތް 3 ފަހަރު ކިޔެވުން އިތުރުކުރާށެވެ!
4- ވީވަރަކުން ބަޤަރާ ސޫރަތް ކިޔަވާށެވެ!
މައްސަރުކަންތައް ޖެހިގެން ތިބޭއިރު ކޮންމެހެން ކިޔަވަން މިބުނަނީ އެ ދުވަސްތަކުގައި ޝައިޠާނުންގެ އުނދަގޫ ބޮޑުވާނެތީއެވެ. ސިހުރު ހާހޫރައިގެ އަސަރުކުރުން ފަސޭހަވާނެތީއެވެ.
މައްސަރު ކަންތަކުން ސަލާމަތްވެ ހުންނައިރުވެސް މިކަންކަން ކުރަންވާނެއެވެ. އަދި މީގެ އިތުރުން ކޮންމެ ނަމާދެއްގެ ފަހުގައި އާޔަތުލްކުރުސި ކިޔަވަންވާނެއެވެ. ފަތިސް ނަމާދަށްފަހުގަ އާއި މަޣްރިބް ނަމާދަށްފަހު އާޔަތުލްކުރުސި 3 ފަހަރު ކިޔަވައި ކީރިތި ޤްރުއާނުގެ އެންމެ ފަހު 2 ސޫރަތް: 3 ފަހަރު 3 ފަހަރު ކިޔެވުމަކީ ޝައިޠާނުންނާއި ހަސަދަވެރިންގެ ކިބައިން އަދި ސިހުރު ހާހޫރަތަކުން ސަލާމަތްވުމަށް ކޮންމެ މީހަކަށް ވެސް ދެއްވަވާފައިވާ އައްދަނައެކެވެ. އައްޑަނައިގެ ބޭނުން ނުހިފައި ހުއްޓައި މުޞީބާތެއް ކުރިމަތުވުމުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ އެމީހަކަށެވެ.
މިކަންކަން ނުކޮށް ތިބެ، ކިރިޔާ ކަމެއް މެދުވާއިރަށް ކޮންމެވެސް ސިހުރުވެރިއެއްގެ ގާތަށް ދިއުމަށް ބައެއް މީހުން އަވަސްވެގަނެއެވެ. ހަމަ ދާއިރަށް ފުރަތަމަވެސް ބުނާނީ ކޮންމެވެސް މީހަކު ކޮންމެވެސް ސިހުރެއް ހަދާފައިވާ ކަމަށެވެ. އެއީ ގިނަ މީހުން ސިހުރުވެރިންގެ ގާތަށް ދަނީ އެގޮތަށް ޔަޤީންކޮށްގެންކަން ސިހުރުވެރިންނަށް އެނގޭތީ އެމީހާގެ ހިތް ހަމަޖައްސައިދީ އެމީހާގެ ކިބައިން ނާޖާއިޒު ފައިދާ ހޯދައިގަތުމުގެ ބޭނުމުގައެވެ.
- މުފްތީ މެންކުގެ ދަރުސަކުން