މިއަދަކީވެސް ޕޮޒިޓިވްވި މީހުންގެ ޢަދަދު މަދުވި ދުވަހެއް! އަލްޙަމްދުލިﷲ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
މިއަދަކީވެސް ޕޮޒިޓިވްވި މީހުންގެ ޢަދަދު މަދުވި ދުވަހެއް! އަލްޙަމްދުލިﷲ

މިއަދުކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މަދުވެއްޖެއެވެ. މިއަދު އަލަށް ކޮވިޑަށް ޕޮޒިޓިވްވީ 741 މީހުންނެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 560 މީހުން ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވަނީ 741 މީހުންނެވެ. 

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 1007 މީހުންނެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 2881 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 28,459 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 44,523 އަށް އަރައިފައެވެ. މި ބައްޔަށް 15958 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 262 މީހުންނަށެވެ.

މި ބަލީގައި 97 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން