ކޮވިޑު ޖެހިގެން މިއަދުގެ ތިންވަނަ މަރު!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
ކޮވިޑު ޖެހިގެން މިއަދުގެ ތިންވަނަ މަރު!

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑު19 ޖެހިގެން މިއަދު 3 މީހުން ނިޔާވެއްޖެއެވެ.

މިކަމާގުޅިގެން އެޗްޕީއޭއިން ބުނެފައިވާގޮތުގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރުފަހު 03:10 ގައި އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައި ވާކަމަށެވެ.

މިއަދު ފުރަތަމަ ނިޔާވެފައިވަނީ ރޭ 2:38 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އުމުރުން 81 އަހަރުގެ ފިރިހެނެކެވެ. އަދި ދެވަނަ އަށް ނިޔާވީ ފަތިހު 4:30 ގައި 30 އަހަރުގެ އަންހެނެކެވެ. މިއީ މިބަލީގައި ނިޔާވި އެންމެ އުމުރުން ހަގު މީހާއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ކޮވިޑް 19 އަށް މާލެ ސަރަހައްދުން 793 މީހުން ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވް ވެފައިވަނީ 1007 މީހުންނެވެ. 

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 28,013 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 43,782 އަށް އަރައިފައެވެ. މި ބައްޔަށް 15666 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 260 މީހުންނަށެވެ.

މި ބަލީގައި 97 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން