މިއަދު އަލަށް ކޮވިޑަށް ޕޮޒިޓިވްވީ އެންހާސް ހަތްމީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
މިއަދު އަލަށް ކޮވިޑަށް ޕޮޒިޓިވްވީ އެންހާސް ހަތްމީހުން!

1007 މީހުން މިއަދު އަލަށް ކޮވިޑަށް ޕޮޒިޓިވްވެއްޖެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 793 މީހުން ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވަނީ 1007 މީހުންނެވެ. 

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 1467 މީހުންނެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 3159 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 28,013 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 43,782 އަށް އަރައިފައެވެ. މި ބައްޔަށް 15666 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 260 މީހުންނަށެވެ.

މި ބަލީގައި 94 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން