ޙާލުގައި ޖެހިފައި ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހިރައްޔިތުންގެ އިތުބާރު ހޯދާފައިވާ "އިންޓަރނޭޝަނަލް އެއިޑް ކެންޕޭން" އިން ކުރިއަށް ގެންދާ "ލޯތްބާއިއެކު 2021" ކެންޕޭނުގެ ތެރެއިން ފަލަސްޠީނަށް އިމަރޖެންސީ އެހީ ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދީފިއެވެ.
އެޖަމިއްޔާ ބުނެފައިވަނީ:
މިވަގުތު ފަލަސްޠީންގެ ހާލަތު ވަރަށް ބޮޑަށްގޯސްވެފައި ވާތީ، ފަލަސްޠީނަށް އެމަރޖެންސީ އެހީ ދެވޭނެ ގޮތެއް ނެތްތޯ ވަރަށް ގިނަ ފަރާތްތަކުން އެބަ ސުވާލު ކުރަމުންދޭ.
އަޅުގަނޑުމެން، އައިއޭސީއިން އަބަދުވެސް ގެންދަނީ އެއިރެއްގައި އެންމެ ބޮޑަށް އެހީ ބޭނުންވާ ފަރާތަށް ދެނެގަނެ އެފަރާތް ތަކަށް އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން.
އެގޮތުން މިހާރު ކުރިއަށް މިދާ " ލޯތްބާއިއެކު 2021" ގެ ތެރެއިން ފަލަސްޠީނަށް އެމަރޖެންސީ އެހީ ފޯރުކޮށްދިނުމަށް ވަނީ ނިންމާފައި!
ފަލަސްޠީނަށް އެހީ ފޯރުކޮށްދޭން ބޭނުންފުޅުނަމަ ލޯތްބާއިއެކު ކެމްޕޭނަށް އެހީ ފޯރުކޮށްދެއްވަމުން ގެންދަވަންވީ.
އިންޝާﷲ އެ އެހީ މިވަގުތު އެއަށް އެންމެ ބޭނުން ޖެހިފައިވާ ފަލަސްޠީނުގެ އަޚުންނާއި އުޚްތުންނަށް ފޯރުކޮށްދެވިގެންދާނެ.
ބޭންކް: ބީއެމްއެލް އިސްލާމިކް.
އެކައުންޓް ނަމްބަރު: 7770000026259 (ރުފިޔާ އެކައުންޓް).
އިތުރު މަޢުލޫމާތު:
ހޮޓްލައިން : 9122121
ވައިބާ: 9122121