ފާފަކުރުން ހުއްޓުވައި ދަރިން ތަރުބިއްޔަތުކުރަން ޢާއިލާތަކުންނާ ސަރުކާރަށް މިއޮތީ ނުކުންނަން ޖެހިފަ!: ޝައިޚް ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ފާފަކުރުން ހުއްޓުވައި ދަރިން ތަރުބިއްޔަތުކުރަން ޢާއިލާތަކުންނާ ސަރުކާރަށް މިއޮތީ ނުކުންނަން ޖެހިފަ!: ޝައިޚް ޢަލީ ޒާހިރު

މީސްތަކުން ނަމާދު ނުކޮށް ތިބޭނަމަ، ނަމާދު ވަގުތު މިސްކިތް ކައިރިން ބައްދަލުވާ މީހުންނަށްވެސް ނަޞޭޙަތެރިވެ ނަމާދުކުރަން ހިތްވަރުދޭން ޖެހޭނެއެވެ! އަދި އެކަން ކުރުމަކީ އެންމެންގެ ވެސް ޒިންމާއެކެވެ. ކޮންމެ މީހަކުވެސް އެމީހާގެ ޢާއިލާގެ މީހުން ލައްވައި ނަމާދުކުރުވަން މަސައްކަތްކުރަން ޖެހޭނެ އެވެ. ގާތް އެކުވެރިންނަށް ވެސް ނަމާދުކުރަން ހިތްވަރުދޭން ޖެހޭނެ އެވެ!

ޤައުމުގައި ހިނގަމުންދާ މުންކަރާތްތައް ދަނީ އިތުރުވަމުންނެވެ! އެހެންކަމުން އެ މުންކަރާތްތައް ހުޢްޓުވުމަށްޓަކައި ޢާއިލާތަކުންނާއި ސަރުކާރުން ގަދައަޅައި މަސައްކަތް ފަށަން މިވަނީ ޖެހިފައެވެ. 

ގޭތެރޭގައި ހިންގާ ނުބައި ކަންކަން ހުއްޓުވަން ގޭތެރެއިން، ޢާއިލާގެ މީހުންނަށް މަސައްކަތްކުރަން ޖެހޭނެއެވެ. ހަމަ އެއާއިއެކު ޤައުމުގައި ހިންގާ ނުރަނގަޅު އަމަލުތައް ހުއްޓުވަން މަސައްކަތްކުރަން ސަރުކާރަށް ޖެހޭނެ އެވެ!

ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީ ކުރުމަކީ އީމާންކަމުގެ ތެރެއިން ހިމެނިގެންވާ ކަންކަން ކަމަށެވެ. އެހެންކަމުން ކަންކަން އިޞްލާޙްކުރަން ޢާއިލީ ފެންވަރުގައާއި ފަރުދީ ފެންވަރުގައިވެސް ނަޞޭޙަތްތެރިވެ އިޞްލާޙުކުރުމުގެ މަސައްކަތްކުރަން ޖެހޭނެ އެވެ.  ހަމައެއާއިއެކު މުންކަރާތްތައް ހުއްޓުވަން، މުޖުތަމައު އިޞްލާޙްކުރުމުގެ ޒިންމާ އުފުލަން ޖެހޭ ދައުލަތުން ނުވަތަ ސަރުކާރުން ގަދައަޅައި މަސައްކަތްކުރަން ޖެހޭނެއެވެ!  

- ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ޚުޠުބާއަކުން

މިއަދު އޮންލައިން