މާލެ ސަރަހައްދުން ޕޮޒިޓިވްވި އަދަދު ދެގުނައަށްވުރެ މަތިވެއްޖެ! ކާފިޔު ހިންގީމަ ތެޅިގަންނަން ނުތިބެ އަވަހަށް ތައްޔާރުވަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
މާލެ ސަރަހައްދުން ޕޮޒިޓިވްވި އަދަދު ދެގުނައަށްވުރެ މަތިވެއްޖެ! ކާފިޔު ހިންގީމަ ތެޅިގަންނަން ނުތިބެ އަވަހަށް ތައްޔާރުވަމާ!

މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވާނަމަ ލޮކްޑައުނަނަކަށް ދާންޖެހޭނެކަމަށް ޑޮކްޓަރުން ހާމަކުރަމުން އަންނަނިކޮށް މިއަދު މިވަނީ އިއްޔެއަށްވުރެ ދެގުނަ އާއި ކައިރިކޮށްފައެވެ.

އިއްޔެ ޕޮޒިޓިވްވީ 590 މީހުންނެވެ. މާލެ ސަރަހައްދުން ހިމެނުނީ 439 މީހުންނެވެ. މިއަދުގެ އަދަދަކީ 1091 އެވެ. މާލެ ސަރަހައްދުން ވަނީ 933 މީހުން ހިމެނިފައެވެ. ވީމާ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު މިވަނީ ދެގުނައަށްވުރެ މަތީގައެވެ. 

މިހެންވުމަށް މިދިމާވި ސަބަބުތަކުގެ މައްސަލަތަކުގެ ވާހަކަދެއްކުމަކުން މިވަގުތު ކުރާނެ ފައިދާއެއް ނެތެވެ. މިއީ ފުރިހަމަ ތަޙްޤީޤެއް ހިންގައި ބަލަންޖެހޭނެ ކަމެކެވެ. އެކަން ފަހަށް ބާއްވަމާ ހިނގާށެވެ! 

މިވަގުތު އެންމެ މުހިންމު ކަމަކީ ޑޮކްޓަރުން ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމެވެ. ހަމަ އެއާއިއެކު ކޮންމެ ވަގުތަކުވެސް ލޮކްޑައުނަކަށް ދާންޖެހިދާނެކަމަށް ބަލައި ފުރިހަމައަށް ތައްޔާރުވެގެން ތިބުމެވެ! ވާން އޮތްވަރަކުން އަސާސީ ބާވަތްތައް ގެއަށް ވައްދައިގެން ތިބުމެވެ.

މިއަދު އޮންލައިން