ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ގިނައީ ޒުވާނުންނެވެ. 65 އިންސައްތައަކީ 40 އަހަރުން ދަށުގެ މީހުންނެވެ. ނަމަވެސް ކުރިން ސީރިއަސްވަމުން އައީ އުމުރުން ދުވަސްވީ މީޙުންނެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރު ނުފުރި ހުރީ އެންމެ އެނދެކެވެ. މާބަނޑު 2 އަންހުންވެސް އައިސީޔޫގައި އެބަ ތިއްބެވެ. ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ އެކަކު އެބަ އޮތެވެ. ނަމަވެސް ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހަކު އަދި ވެންޓިލޭޓަރަށް ލާންޖެހިފައެއް ނުވެއެވެ. ވެކްސިން ޖެހުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.
މާލެސިޓީގެ ހޮސްޕިޓަލުތަކުގައި ހުރި އެނދުތަކުގެ 80 އިންސައްތަ ވަނީ ފުރިފައެވެ. 30 އެނދު އިތުރުކުރުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ.
- މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން