ކޮވިޑުގެ ބިރުވެރިކަން އިންތިހާއަށް! އިއްޔެއަށްވުރެ ދެގުނަ އާގާތަށް ޕޮޒިޓިވްވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ކޮވިޑުގެ ބިރުވެރިކަން އިންތިހާއަށް! އިއްޔެއަށްވުރެ ދެގުނަ އާގާތަށް ޕޮޒިޓިވްވެއްޖެ!

ކޮވިޑް 19 ޖެހުނު މީހުންގެ ޢަދަދު މިއަދު މަދުވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 933 މީހުން ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވަނީ 1091 މީހުންނެވެ. 

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 590 މީހުންނެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 4507 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 26,299 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 35,815 އަށް އަރައިފައެވެ. މި ބައްޔަށް 9423 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 250 މީހުންނަށެވެ.

މި ބަލީގައި 84 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން