މިއީ މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރުގަ ހިފަންވީ ވަގުތު! ކޮންމެ މީހަކު ކުރާ ކޮންމެ ދުޢާއެއްގައިވެސް ކޮވިޑުން ސަލާމަތް ކޮށްދެއްވެވުން ހިމަނާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
މިއީ މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރުގަ ހިފަންވީ ވަގުތު! ކޮންމެ މީހަކު ކުރާ ކޮންމެ ދުޢާއެއްގައިވެސް ކޮވިޑުން ސަލާމަތް ކޮށްދެއްވެވުން ހިމަނާށެވެ!

މިއީ އަޅުކަމާއި ދުޢާކުރުމުގެ މޫސުމެވެ. މިރެއަކީ 27 ވިލޭރެއެވެ! ގިނަ ބައަކު ﷲ ތަޢާލާއަށް ދުޢާކުރާނެއެވެ. މިރޭ ވެސް މާދަންވެސް އަދި އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކޮންމެ މީހަކު ކުރާ ކޮންމެ ދުޢާއެއްގައިވެސް ރާއްޖެއަށް އަދި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑުގެ ވަބާއިން ސަލާމަތްކުރައްވަވައި ދެއްވެވުން ހިމަނާށެވެ! 

ދުޢާއަކީ މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރެވެ! ދުޢާ މެނުވީ ޤަދްރް ބަދަލުކުރައްވަވައި ދެއްވަވާ ކަމެއް ނުވެއެވެ. ވީމާ ނާއުންމީދުވުމެއް ނެތެވެ. ކުރަން އޮތް އެންމެ މުހިންމުކަމަކީ ފަރުޟު ނަމާދުތަކަށް ރައްކައުތެރިވުމެވެ. ނަމާދުކުރަން އަންގަވާފައިވާ ގޮތަށް ނަމާދުކުރަމުން ގެންދިއުމެވެ. އެންމެ ނަމާދެއްވެސް ނުއަޅައި ހުރިހާ ނަމާދުތަކެއް ކުރުމެވެ. 

ރާއްޖޭގެ ޙާލަތު މިއަދު މިވަނީ އިންތިހާއަށް ސީރިއަސްވެފައެވެ. ކަންކަން މިވަނީ އަތްނުފޯރާފަށަށް ގޮސްފައެވެ. ބަލިޖެހޭ މީހުންގެ އަދަދު މަދުނުވާނަމަ މާލެ ސިޓީ ލޮކްޑައުންއަކަށް ދާންޖެހިދާނެ ކަމުގެ އިންޒާރު ޑޮކްޓަރުން އެގެންދަނީ ދެމުންނެވެ. ވީމާ ކޮންމެ ނަމާދެއްގައިވެސް އަދި ނަމާދުފަހުންވެސް ދެއަތް އުފުލައި ސަލާމަތްކަމަށާއި ރައްކައުތެރިކަމަށް އެދި ދުޢާކުރާށެވެ! 

ތިމާއަށް ބަލި ނުޖެހޭތީ ދުޢާނުކޮށް ނުހުންނާށެވެ! ތިމާގެ އަޚުންނަށްޓަކައި ހެޔޮދުޢާކުރާށެވެ! އެއީވެސް މަތިވެރި އަޅުކަމެކެވެ. ދެރަ ގޮތަކަށް ކަންކަން މެދުވެރިވެއްޖެ ނަމަ އެކަމުގެ ގެއްލުން އެންެންނަށް ފޯރާނެއެވެ. ވީމާ ސަލާމަތަށް އެދިގެން މަސައްކަތްކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަމަށް ދެކެގެން ދުޢާކުރަމުން ގެންދާށެވެ! 

ދުޢާއަކީ ކޮވިޑުގެ ވަބާއިން ވީހައި އަވަހަކަށް ސަލާމަތްވުމެވެ. ބަލިޙާލުގައި ތިބި އެންމެންނަސް އަވަސް ޝިފާއެއް ދެއްވެވުމެވެ. އެންމެންނަށް ރައްކައުތެރިކަން މިންވަރުކުރެއްވެވުމެވެ. އާމީން

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبَرَصِ، وَالْجُنُونِ، وَالْجُذَامِ، وَمِنْ سَيِّئِ الأَسْقَامِ 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން