އަދަދު ދަށް ނުވާނަމަ މާލެ ސިޓީ ލޮކްޑައުން ކުރަން ޖެހިދާނެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
އަދަދު ދަށް ނުވާނަމަ މާލެ ސިޓީ ލޮކްޑައުން ކުރަން ޖެހިދާނެ!

ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށް ނުވާނަމަ މާލެ ސިޓީ ލޮކްޑައުން ކުރަން ޖެހިދާނެ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫއްޕު (ޓެގް) ޓީމުން ބުނެފިއެވެ.

ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ހަފްތާއެއްގެ ތެރޭގައި 3،000 މީހުން ޕޮޒިޓިވްވަމުންދާއިރު މާލެ ސަރަހައްދުން އެކަނި ދުވާލަކު 400 އާއި 500 އާ ދެމެދުގެ އަދަދަކަށް ޕޮޒިޓިވްވާކަމަށާއި މިހާރު ޕޮޒިޓިވް ނަންބަރު ހުރީ 75 ޕަސެންޓް މަތީގައި ކަމަށް ވިދާޅުވިއެވެ.

ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ކޮވިޑް ނަންބަރު ދަށްކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުން ނަތީޖާ ނުނިކުންނަ ނަމަ ލޮކްޑައުންއަކަށް ދިއުން އެއީ އެކަށީގެންވާ ކަމެއް ކަމަށާއި ރާއްޖޭގެ ހާލަތު އޮތީ އިތުރު ފިޔަވަޅު އަޅަން ޖެހޭފަދަ ހާލަތެއްގައި ކަމަށެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 439 މީހުން ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވަނީ 590 މީހުންނެވެ. 

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 766 މީހުންނެވެ. މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 4014 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 25,992 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 34,724 އަށް އަރައިފައެވެ. މި ބައްޔަށް 8640 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 230 މީހުންނަށެވެ.

މި ބަލީގައި 83 މީހަކު ވަނީ ނިޔާވެފައެވެ.

 

މިއަދު އޮންލައިން