މިއަދު ޕޮޒިޓިވްވި މީހުންގެ ޢަދަދު މަދުވެއްޖެ - އަލްޙަމްދުލިﷲ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
މިއަދު ޕޮޒިޓިވްވި މީހުންގެ ޢަދަދު މަދުވެއްޖެ - އަލްޙަމްދުލިﷲ

ކޮވިޑް 19 ޖެހުނު މީހުންގެ ޢަދަދު މިއަދު މަދުވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 439 މީހުން ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވަނީ 590 މީހުންނެވެ. 

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 766 މީހުންނެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 4014 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 25,992 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 34,724 އަށް އަރައިފައެވެ. މި ބައްޔަށް 8640 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 230 މީހުންނަށެވެ.

މި ބަލީގައި 83 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން