ހަތްސަތޭކަ ފަސްދޮޅަސް ހަމީހުން މިއަދު ކޮވިޑަށް ޕޮޒިިޓިވްވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
ހަތްސަތޭކަ ފަސްދޮޅަސް ހަމީހުން މިއަދު ކޮވިޑަށް ޕޮޒިިޓިވްވެއްޖެ!

ކޮވިޑް 19 ޖެހުނު މީހުންގެ ޢަދަދު ހަތްސަތޭކައިން މައްޗަށް މިއަދުވެސް އަރައިފިއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 571 މީހުން ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވަނީ 766 މީހުންނެވެ. 

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 703 މީހުންނެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 3153 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 25,782 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 34,134 އަށް އަރައިފައެވެ. މި ބައްޔަށް 8261 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 205 މީހުންނަށެވެ.

މި ބަލީގައި 82 މީހަކު ވަނީ ނިޔާވެފައެވެ.

މިއަދު އޮންލައިން