ކޮވިޑް ޖެހިގެން މަރަކަށްފަހު މަރެއް! - އިއްޔެ 5 މީހުން މަރުވިއިރު މިއަދު 3 މީހުން މަރުވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 35ސ
ކޮވިޑް ޖެހިގެން މަރަކަށްފަހު މަރެއް! - އިއްޔެ 5 މީހުން މަރުވިއިރު މިއަދު 3 މީހުން މަރުވެއްޖެ!

ކޮރީނާ ވައިރަސް ނުވަތަ ކޮވިޑް19 ޖެހިގެން މިއަދު 3 މީހަކު މަރުވެއްޖެއެވެ.

ހެލްތް އިމެޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނީ ޑީއެޗް11 ގައި ކޮވިޑަށް ފަރުވާހޯދަމުންދިޔަ މީހަކު މިއަދު 02:46 ގައި މަރުވެފައިވާކަމަށެވެ. އޭއީ 81 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ.

މިބަލީގައި މިއަދު އެންމެ ފުރަތަމަ މަރުވެފައިވަނީ، ކ. މާފުށީގައި އައިސޮލޭޝަނުގައި ހުރި އުމުރުން 37 އަހަރުގެ މީހެކެވެ. މި މީހާއަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެކެވެ. އަދި ރޭ ދަންވަރު ޑީއެޗް-11ގައި ފަރުވާ ދެމުން ދިޔަ އިންޑިއާގެ 60 އަހަރުގެ ފިރިހެނަކުވެސް ވަނީ މަރުވެފަ އެވެ.

މީގެއިތުރުން މިހާތަނަށް މިބަލީގައި އެންމެ ގިނަމީހުން މަރުވެފައިވަނީ އިއްޔެ އެވެ. އިއްޔެ ވަނީ 5 މީހަކު މިބަލީގައި މަރުވެފައެވެ.

މިއަދު އޮންލައިން