ރައީސް ޞާލިޙް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުންނާ މިރޭ ބައްދަލުކުރައްވާނެ!: މަބްރޫކް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
ރައީސް ޞާލިޙް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުންނާ މިރޭ ބައްދަލުކުރައްވާނެ!: މަބްރޫކް

ރައީސް މުޙައްމަދު ނަޝީދަށް މިރޭ ދީފައިވާ ނުރައްކާތެރި ހަމަލާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުން މިރޭ ބައްދަލުކުރައްވާނެ ކަމަސް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ. 

ހޯމް މިނިސްޓަރު ޝައިޚް އިމްރާން ވިދާޅުވީ ބޭނުންކުރެވެން ހުރި ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން ޙަމަލާގެ ޙަޤީޤަތް ހޯދަން މަސައްކަތްކުރާނެ ކަމަށާއި ތަޙްޤީޤަށް ބޭރުގެ އެހީތެރިކަން ފުލުހުން ހޯދާނެކަމަށެވެ. 

ޝައިޚް އިމްރާން ވިދާޅުވީ ހަމަލާ އާއި ގުޅޭ މައުލޫމާތު ފުލުހުންނަށް ލިބެމުންދާ ކަމަށާއި މައުލޫމާތުގެ އެހީގައި ފުރިހަމަ ތަހްޤީޤެއް ވީހައި އަވަހަކަށް ކުރިއަށް ގެންދާނެ ކަމަށެވެ.

މިއަދު އޮންލައިން