ރައީސް ޞާލިޙް އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
ރައީސް ޞާލިޙް އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންފިއެވެ. އެ ސަރަހައްދުގައި ޑިފެންސް މިނިސްޓަރު މާރިޔާ އާއި އެހެންވެސް ސަރުކާރުގެ އިސް ބައެއް ބޭފުޅުން އެބަ ތިއްބެވިކަމަށް މައުލޫމާތު ލިބެއެވެ. 

ރައީސް ޞާލިޙް އެސަރަޙައްދަށް ވަޑައިގަތުމުން އެއްވެތިބި ބައެއް މީހުން ވަނީ ރައީސް ޞާލިޙްގެ އިސްތިޢުފާއަށް ގޮވާލައިފައެވެ. ގޮވާލީ ކޮން ޕާޓީއެއްގެ ބައެއްކަން އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ. 

މައުލޫމާތުލިބޭގޮތުން އެސަރަޙައްދަށް ގިނަ ޢަދަދެއްގެ ޢާންމުންވަނީ އެއްވެފައެވެ. ފުލުހުންނާއި ސިފައިން އިލްތިމާސްކުރަމުން ގެންދަނީ އެސްރަހައްދު ދޫކޮށް ގޭގެއަށް ދިއުމަށެވެ. އަދި އެންމެންވެސް އެކަމުގައި އެއްބާރުލުން ދިނުމަށެވެ. 

ސަރަހައްދުގައި ސަލާމަތީ ބާރުތަކުން ގެންދަނީ ހަތިޔާރާއިއެކު އެ ސަރަހައްދުގައި ޙަރަކާތްތެރިވަމުންނެވެ.

މިއަދު އޮންލައިން