ކޮރޯނާ ވައިރަސްއިން ސަލާމަތްވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ޢާންމުރައްޔިތުން ރަނގަޅު ގޮތުގައި ސަމާލުކަންދީފިނަމަ ކޮވިޑް-19 އަދިވެސް ކޮންޓްރޯލްކުރެވޭނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ މިހައި ބޮޑަށް ފެތުރިގެން މިދިއައީ ވެކްސިން ގެނެސް ޖަހަން ފެށުމުން ހުރިހާ ކަމެއް ޙައްލުވީ ކަމަށް ދެކެ މާސް އެޅުން ފަދަ އެންމެ އާދައިގެ ކަންކަމަށް ވެސް ފަރުވާކުޑަކުރުމުން ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ ކުރިންވެސް ސަމާލުކަން ދިން ކަންކަމަށް މިހާރުވެސް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ. އެގޮތުން މާސްކް އެޅުމާއި ގައިދުރުކަން ހިފެހެއްޓުމާއި އަތްދޮވުން ފަދަ ކަންކަމަށް ސަމާލުކަންދޭންޖެހޭނެ ކަމަށެވެ.