ކޮވިޑް ޖެހުނު މީހުންގެ އަދަދު މިއަދުވެސް ހަތަރުސަތޭކައިން މަތީގަ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
ކޮވިޑް ޖެހުނު މީހުންގެ އަދަދު މިއަދުވެސް ހަތަރުސަތޭކައިން މަތީގަ!

ކޮވިޑް ޖެހުނު މީހުންގެ އަދަދު މިއަދު ހަތަރުސަތޭކަ ފަންސާހުން މަތިވެއްޖެ އެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 174 މީހުން ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވަނީ 402 މީހުންނެވެ. 

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 465 މީހުންނެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 3854 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 24,934 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 30,237 އަށް އަރައިފައެވެ. މި ބައްޔަށް 5221 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 161 މީހުންނަށެވެ.

މި ބަލީގައި 73 މީހަކު ވަނީ ނިޔާވެފައެވެ

މިއަދު އޮންލައިން