ކޮވިޑް ޖެހުނު މީހުންގެ އަދަދު މިއަދުވެސް ތިންސަތޭކައިން މަތީގަ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ކޮވިޑް ޖެހުނު މީހުންގެ އަދަދު މިއަދުވެސް ތިންސަތޭކައިން މަތީގަ!

ކޮވިޑް ޖެހުނު މީހުންގެ އަދަދު މިއަދުވެސް ތިންސަތޭކައިން މަތިވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 142 މީހުން ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވަނީ 318 މީހުންނެވެ. 

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 464 މީހުންނެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 2556 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 24,703 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 29,370 އަށް އަރައިފައެވެ. މި ބައްޔަށް 4585 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 134 މީހުންނަށެވެ.

މި ބަލީގައި 73 މީހަކު ވަނީ ނިޔާވެފައެވެ

މިއަދު އޮންލައިން