ކޮރޯނާ ވައިރަސް ޖެހިގެން އިންޑިއާ މީހަކު މިރޭ ނިޔާވެއްޖެއެވެ.
މިކަމާގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ކޮވިޑް-19 ޖެހިގެން މިރޭ 50 އަހަރުގެ އިންޑިއާ ފިރިހެނަކު ނިޔާވެފައިވާ ކަމަށާއި މިމީހާ ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް، މިރޭ 8:44 ގައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.
މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 73 ވަނަ މީހާއެވެ. މިބަލީގައި ފުރަަަތަމަ މީހަކު ނިޔާވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ.