ރިކޯޑް އަދަދަކަށް މިއަދު ކޮވިޑަށް މީހުން ޕޮޒިޓިވްވެއްޖެއެވެ. މިއީ މިހާތަނަށް އެންމެ ގިނަމީހުން އެއްދުވަހެއްގައ ޕޮޒިޓިވްވި ދުވަހެވެ.
އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 207 މީހުން ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވަނީ 464 މީހުންނެވެ.
ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 386 މީހުންނެވެ.
މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 3948 އެވެ.
މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 24,575 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 29,052 އަށް އަރައިފައެވެ. މި ބައްޔަށް 4396 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 122 މީހުންނަށެވެ.
މި ބަލީގައި 72 މީހަކު ވަނީ ނިޔާވެފައެވެ