މިއަދުވެސް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދުވިސައްތައިން މަތީގަ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
މިއަދުވެސް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދުވިސައްތައިން މަތީގަ!

މިއަދު ކޮރޯނާ ވައިރަހަށް 218 މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 76 މީހުން ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވަނީ 218 މީހުންނެވެ. 

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 319 މީހުންނެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 3375 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 24,234 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 27,621 އަށް އަރައިފައެވެ. މި ބައްޔަށް 3307 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 101 މީހުންނަށެވެ.

މި ބަލީގައި 71 މީހަކު ވަނީ ނިޔާވެފައެވެ

މިއަދު އޮންލައިން