ރާއްޖެތެރޭގަ ކޮވިޑް ފެތުރުން މާލެސަރަހައްދަށްވުރެ ދެގުނަ އާގާތަށް އިތުރުވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ރާއްޖެތެރޭގަ ކޮވިޑް ފެތުރުން މާލެސަރަހައްދަށްވުރެ ދެގުނަ އާގާތަށް އިތުރުވެއްޖެ!

މިއަދުގެ ކޮވިޑް ރިޕޯޓަށްބަލާއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 108 މީހުންނެވެ. ރާއްޖެތެރޭ ރަށްރަށުން ޕޮޒިޓިވްވެފައިވަނީ 182 މީހުންނެވެ. މީގެ އިތުރުން ރިޒޯޓްތަކުން ޕޮޒިޓިވްވި 21 މީހުންނާއި ސިނާޢީ ސަރހައްދުތަކުން ޕޮޒިޓިވްވި 8 މީހުންނާއިއެކު ޖުމުލަ ޕޮޒިޓިވްވެފައިވަނީ 319 މީހުންނެވެ. 

މިހިސާބުތަކަށް ބަލާއިރު ރާއްޖެތެރެއިން މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު އެވަނީ މާލެ ސަރަހައްދުގެ ދެ ގުނަ އާއި ކައިރިކޮށްފައެވެ. 

ޙަމްދުހުރީ ﷲ ތަޢާލާއަށެވެ. މާލެ ސިޓީގައި ޖަމާއަތުގައި ކުރާ ނަމާދާއި ތަރާވީޙް ނަމާދު ބޮޑުޖަމާއަތުގައި ގާތް ގާތުގައި ތިބެގެން ކުރަމުން ގެންދާއިރުވެސް މިފަދަ ގޮތަކަށް އަދަދުތައް ހުރުމުންނެވެ. 

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 164 މީހުންނެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 3094 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 24,166 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 27,403 އަށް އަރައިފައެވެ. މި ބައްޔަށް 3207 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 98 މީހުންނަށެވެ.

މި ބަލީގައި 71 މީހަކު ވަނީ ނިޔާވެފައެވެ

މިއަދު އޮންލައިން