ރައީސް ނަޝީދަށް ރައީސް ޞާލިޙް: ތިއަހެން ފޮނުވާ މެސެޖަކުން ވެރިކަން ފުރޮޅައިލެވޭކަށް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ރައީސް ނަޝީދަށް ރައީސް ޞާލިޙް: ތިއަހެން ފޮނުވާ މެސެޖަކުން ވެރިކަން ފުރޮޅައިލެވޭކަށް ނެތް!

ރާއްޖޭގެ ވެރިކަން އަންނަ އަހަރުގެ ފެބްރުވަރީ މަހު ރައީސް ނަޝީދާއި ޙަވާލުކުރަން އަންގައި ރައީސް އިބްރާހީމް މުޙައްމަދުި ޞޯލިޙަށް ރައީސް ނަޝީދު ފޮނުއްވި މެސެޖަށް ރައީސް ޞާލިޙް ދެއްވި ޖަވާބުގައި ވިދާޅުވަނީ "ތިއަހެން ފޮނުވައިލާ މެސެޖަކުން ތިއަކަން ކުރެވޭކަށް ނެތެވެ! ތިއަކަންވާނީ ރައްޔިތުންގެ ވޯޓަކުންނެވެ!" ،ިމާނަ ދޭހަވާ ޢިބާރާތެކެވެ. 

"މިހާރު އަމަލުކުރާ ވެރިކަމުގެ ނިޒާމަށް އަމަލުކުރަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމަށް ވާތީ، އެ ނިޒާމަށް ބަދަލު ގެނެވޭނީ ވެސް އެ ރައްޔިތުންގެ ވޯޓަކުން ކަމަށް" ރައީސް ޞާލިޙް ، ރައީސް ނަޝީދަށް ދެންނެވުމުން ރީތި ބަހުން މިދެންނެވީ ކީކޭކަން މިވަނީ އެނގިފައެވެ. 

ރާއްޖޭގެ ވެރިކަމުގެ ނިޒާމު އެއީ ފޮނުވައިލާ މެސެޖަކުން ބަދަލުކުރެވޭނެ ނިޒާމެއް ނޫންކަމާއި އެކަންކުރަން ޖެހޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންކަމަށް ޤާނޫނު އަސާސީ ބުނާކަން ރައީސް ނަޝީދާއި އެމަނިކުފާނުގެ ޚާއްޞަ "ފްރެންޑުން" ނޫން އެންމެންނަށްވެސް ވަރަށް ރަނގަޅަށް އެނގެއެވެ.

މިއަދު އޮންލައިން