މަސްދޯނިފަހަރުގައި ވޯކް ޕާމިޓް އޮތް 2 ބިދޭސީންނަށް ހަރަކާތްތެރިވުމަށް ހުއްދަދީފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
މަސްދޯނިފަހަރުގައި ވޯކް ޕާމިޓް އޮތް 2 ބިދޭސީންނަށް ހަރަކާތްތެރިވުމަށް ހުއްދަދީފި

މަސްދޯނިފަހަރުގައި ވޯކް ޕާމިޓް އޮތް 2 ބިދޭސީންނަށް ހަރަކާތްތެރިވުމަށް ހުއްދަދިނުމުގެ އުސޫލު މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އާންމުކޮށްފިއެވެ.

ބިދޭސީން ޤާނޫނާއި ގަވައިދާ ޚިލާފަށް މަސްވެރިކަން ކުރާ ކުރުން ހުއްޓުވުމަށް ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން ހަދާފައިވާ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ 13 ވަނަ މާއްދާގެ ދަށުން މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ވޯކް ޕާމިޓް އޮތް 2 ބިދޭސީންނަށް ހަރަކާތްތެރިވުމުގެ ފުރުސަތު ފަހިކޮށްދީފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ހަރަކާތްތެރިވުމަށް ބިދޭސީންނަށް ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ކައްކާއެއް ނުވަތަ ދޯނި ފޮޅާ ސާފުކުރާ ނުވަތަ ބަލަހައްޓާ ފަރާތަކަށް ކަމަށާއި އަދި މި ހުއްދަ ބިދޭސީން ހަރަކާތްތެރިވުމަށް ދިނުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށް މަސްވެރިކަންކުރުމުގެ ލައިސަންސް ނަގައިގެން ދޮށީގެ ނުވަތަ ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަށް އެކަނި ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން