ކޮވިޑް ޖެހިގެން އުމުރުން ދުވަސްވީ އަންހެނަކު މިއަދު ނިޔާވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ކޮވިޑް ޖެހިގެން އުމުރުން ދުވަސްވީ އަންހެނަކު މިއަދު ނިޔާވެއްޖެ!

ކޮވިޑް 19 ޖެހިގެން އުމުރުން ދުވަސްވީ ދިވެހި އަންހެނަކު މިއަދު ނިޔާވެއްޖެއެވެ.

މިކަމާގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ފަރުވާދެމުން ދިޔަ އުމުރުން 82 އަހަރުގެ ދިވެހި އަންހެނަކު މިއަދު 11:12 ގައި ނިޔާވެފައިވާ ކަމަށެވެ.

މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 68ވަނަ މީހާއެވެ. މިބަލީގައި ފުރަަަތަމަ މީހަކު ނިޔާވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. 

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 23,242 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 25,939 އަށް އަރައިފައެވެ. މި ބައްޔަށް 2621 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 58 މީހުންނަށެވެ.

މިއަދު އޮންލައިން