ދެ ޑޯޒް ޖެހުމުން ކަރަންޓީނުނުވެ ރަށްރަށަށް ދެވޭ އުސޫލު އާންމުކޮށްފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 5ސ
ދެ ޑޯޒް ޖެހުމުން ކަރަންޓީނުނުވެ ރަށްރަށަށް ދެވޭ އުސޫލު އާންމުކޮށްފި!

ދެ ޑޯޒް ޖެހުމުން ކަރަންޓީނުނުވެ ރަށްރަށަށް ދެވޭ އުސޫލު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ ނެރުއްވި އެންގުމެއްގައިވަނީ، މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަވަންދެން ފިޔަވަޅުތަކަށް ބަދަލު ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ.

ދަތުރުފަތުރު ކުރުމުގައި މިމަހުގެ 20 އިން ފެށިގެން ދޭން ނިންމެވި ލުއިތައް:

  • އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރުމަށް ހުޅުވައިލުން.
  • އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ޑޯޒްތައް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް، 2 ހަފުތާވެފައިވާ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުޅުވައިލުން.
  • ރަށެއްގައި ބަލި އުޅޭ ނިސްބަތް 5 އިންސައްތަ އަށްވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ ޕީސީއާރް ނެގެޓިވް ޓެސްޓާއެކު ދަތުރުކުރުން.
  • ވެކްސިން ޖެހުމަށް ޝަރުޠު ހަމަނުވާ ކުދިން އެފަރާތްތަކާއެކު ދަތުރުކުރަން ޖެހޭނަމަ، ޕީސީއާރް ނެގެޓިވް ޓެސްޓާއެކު ދަތުރުކުރުން
  • ފަތުރުވެރީން ހިމެނޭގޮތަށް، ދިވެހިރާއްޖެއަށް އެތެރެވާ ފަރާތްތަކުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް، 2 ދެ ހަފުތާ ވެފައިވާނަމަ، ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީސީއާރު ޓެސްޓް އޮންނަން ނުޖެހުމާއި، ކަރަންޓީނުވާން ނުޖެހުން

 

ރާއްޖެ އެތެރެވާއިރު، ނެގެޓިވް ޕީސީއާރު ނަތީޖާ އޮންނަންޖެހޭ މީހުން

  • ސިއްޙީ ޚިދުމަތްދޭ އެއްވެސް މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތައް.
  • ޑޭކެއަރ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތައް.
  • ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތައް.
  • ރެސިޑެންޝަލް ކެއަރގެ ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތައް.

 

މިފަރާތްތަކުން ރާއްޖެ އެތެރެވުމަށްފަހުވެސް ޕީސީއާރު ޓެސްޓް ހެދޭނެކަމަށް އެންގުމުގައި ވެއެވެ.

އުސޫލުގައި ބުނެފައިވަނީ އެގޮތަށް ކަނޑައަޅާފައިވީނަމަވެސް ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި ޑިރެކްޓަރު ޖެނަރަލް އަންގާ ގޮތުގެ މަތިން އަމަލު ކުރާނެ ކަމަަށެވެ. 

އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ ރަށްރަށާއި ބަލި އުޅޭ ރަށްްރަށުގެ ސާމްޕަލް ޕޮޒިޓިވް ރޭޓް ފަސް ޕަސެންޓް ދަށް ރަށްރަށާއި ފަސް ޕަސެންޓަށްވުރެ މަތި ރަށްރަށް މި އުސޫލު އާންމު ކުރުމާއެކު އާންމު ކުރާނެ ކަމަަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ،

 

މިއަދު އޮންލައިން