މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ނުވަދިހަ ފަސްމީހުން!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
މިއަދު ކޮވިޑަށް ޕޮޒިޓިވްވީ ނުވަދިހަ ފަސްމީހުން!

މިއަދު ކޮރޯނާ ވައިރަހަށް 95 މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް މާލެ ސަރަހައްދުން 59 މީހުން ޕޮޒިޓިވްވެފައިވާއިރު ޖުމްލަ ޕޮޒިޓިވްވެފައިވަނީ 95 މީހުންނެވެ. 

ރާއްޖެއިން އިއްޔެ މި ބައްޔަށް ޕޮޒިޓިވްވީ 85 މީހުންނެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 3150 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 23,242 އަށް އަރައިފައެވެ. މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 25,939 އަށް އަރައިފައެވެ. މި ބައްޔަށް 2621 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 58 މީހުންނަށެވެ.

މި ބަލީގައި 67 މީހަކު ވަނީ ނިޔާވެފައެވެ

މިއަދު އޮންލައިން