ސަލަފަށް ދަރުސް ދިނުމުގެ ހުއްދަނުދީ ހިފެހެއްޓީ އިދާރީ އޮޅުމަކުންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 50ސ
ސަލަފަށް ދަރުސް ދިނުމުގެ ހުއްދަނުދީ ހިފެހެއްޓީ އިދާރީ އޮޅުމަކުންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި!

ޖަމިއްޔަތު ސަލަފުގެ ދަރުސް ކުރިއަށް ގެންދިއުމުގެ ހުއްދަދޭން މިނިސްޓްރީ (އިސްލަމިނިސްޓްރީ) އިން ވަނީ ސިޓީ ލިބުމާއި އެކު ނިންމާފައި ކަމަށާއި ޖަވާބު ދިނުމުގައި ލަސްވެފައިވަނީ އިދާރީ އޮޅުމަކުން, ކަމަށާއި އެކަން އެންގުމާއިއެކު ދަރުސްތައް ކުރިއަށް ގެންދިއުމުގެ ހުއްދަވަނީ ދީފައި ކަމަށް އިސްލާމިކް މިނިސްތްރީން ޓްވީޓްކޮށްފިއެވެ. 

"ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތައް ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ހަރަކާތްތައް ކުރިޔަށްގެންދިއުމުގެ ފުރުސަތު ހުރިހާފަރާތްތަކަށްވެސް ފަހިވެފައި އޮންނާނެ ކަމުގައި ދަންނަވަން."

- އިސްލާމިކް މިނިސްޓްރީ 

އިސްލާމިކް މިނިސްޓްރީ ހިންގުމުގެ ވަރަށް ގިނަ ކަންކަމަށް މިހާރު ވަރަށް ބޮޑަށް "ކަނޑުމަތިއަޅާފައިވާ" ކަމަށް ގިނަ ބައަކު ބުނެއެވެ. ޛިކުރާ މިސްކިތް އަޅަން ހިލޭ މަސައްކަތްކޮށްދޭނެ ބައަކު އެކަން ހުށަހަޅާފައިވަނިކޮށް ބީލަމަށް ހުޅުވާލުންވެސް އެއީ ހަމަ ދާދިފަހުން ހިނގައިދިއަ އެފަދަ ބޮޑު ކަމެއް ކަމުގައި ގިނަ ބައަކު ފާހަގަކުރެއެވެ.

މިއަދު އޮންލައިން