މިރޯދަމަހު ވެކްސިން ޖަހާނީ ރޭގަނޑު 9 އިން 11 އަށް ކަމަށް ހެލްު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
މިކަމާގުޅިގެން އެޗްޕީއޭއިން ބުނެފައިވަނީ މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ހުރި ވެކްސިން ޖަހައިދޭ ސެންޓަރުތަކުން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭނީ ރޭގަނޑު 9 އިން 11 އަށް ކަމަށެވެ.
އެޗްޕީއޭއިން ވަނީ ވެކްސިން ޖަހަންދާއިރު، ވެކްސިން ކާޑު ގެންދިއުމަށާއި، އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށް އެދިފައެވެ.