ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ އަންގާރަ ދުވަހަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ރޯދަ މަހުގެ ހަނދު ސާބިތު ކުރަން މިރޭ ބޭއްވި ޖަލްސާއަށް ފަހު އިއްވެވި ހަނދާބެހޭ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އެއްވެސް ތަނަކަށް މިރޭ ރަމަޟާންމަހުގެ ހަނދު ފެނިފައި ނުވާ ކަމަށާއި އަދި އިސްލާމީ އެއްވެސް ޤައުމަކަށްވެސް ހަނދު ސާބިތުވެއްޖެކަމުގެ ޚަބަރު ރަސްމީގޮތުން ލިބިފައި ނުވާކަމަށެވެ. އަދި ރަމަޟާން މަހާއި ޝައްވާލުމަހުގެ ހަނދު ބެލުމުގައި ރާއްޖޭގައި އަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތީން މާދަމާ އަކީ މިހިނގާ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމުގައި ކަނޑައަޅައި، މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަ އަންގާރަ ދުވަސްކަމުގައި ކަނޑައަޅާފައިވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ.
1442 ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދާބެހޭ ބަޔާން

